ޖޫން ފުރަތަމަ ހަފްތާގައި ރާއްޖެއަށް 26،000 ފަތުރުވެރިން

sdvebe

މި ހިނގާ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 26،723 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ރާއްޖެއަށް ޖޫން 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 835،974 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 14.7 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

މީގެއިތުރުން ރާއްޖެއަށް އެވްރެޖުކޮށް 5،464 ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިން 7.8 ދުވަހު މަޑުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ އިންޑިއާ ފަތުރުވެރިންނެވެ. އަދި ދެވަނައަށް ރަޝިއާ އިން ފަތުރުވެރިން ޒިޔާރަތްކުރާއިރު، ތިންވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޔޫކޭގެ ފަތުރުވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *