އައްޑޫ ތަރައްގީކުރަނީ ވިސްނުންތެރިކަމާއެކު ހިސާބު ޖަހައިގެން: މޭޔަރ

246816-52a9f837-6-1024x683

އައްޑޫ ތަރައްގީކުރަން ސަރުކާރުން މަްސައްކަތް ކުރަމުންދަނީ ވިސްނުންތެރިކަމާއެކު ހިސާބު ޖަހައިގެން ކަމަށް އައްޑޫ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫ ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވިސްނުންތެރިކަމާއި އެކު ހިސާބު ޖެހިގެން ކަމަށާއި، އެކަމާ ނުރުހޭ މީހުންނަށް މަންޒަރު ހިތިވާނެކަންވެސް އެނގޭ ކަމަށެވެ. 

އައްޑޫ ގަން އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބައެއް މީހުން ފާޑުވިދާޅުވަމުންދާތީ ނިޒާރު ވިދާޅުވީ، އިލްމީ ބަރުދަނެއްނެތި އެކަށީގެންވާ މައުލޫމާތު ނުހޯދާ މައުލޫމާތު ފެތުރުމަކީ މުޖުތަމައު ވިހަކުރަން ކުރެވޭ މަސައްކަތެއް ކަމަށެވެ.

ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ އިގްތިސާދީ މައި ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަޝްރޫއު ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫއު ފަށާފައިވާއިރު، ބިން އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ބާރަށް ކުރިޔަށެވެ.

Leave a Reply

Your email address will not be published. Required fields are marked *