ހައްޖަށްދާ މީހުންނަށް އާބަންކޯގެ އެހީތެރިކަން

c3ce8a38-53a6-4523-b5cd-9cc75c984528

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުގެ ދަތުރުގައި އެހީތެރިވުމަށް އަރބަންކޯއިން ދަތުރުވެރިން އެއާޕޯޓަށް އުފުލައިދޭން ފަށައިފިއެވެ.

އާބަންކޯއިން ބުނީ، މި އަހަރު ހައްޖުގެ މާތް އަޅުކަމަށް ރާއްޖެއިން ފުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އެ ފަރާތްތަކުގެ ލަގެޖާއި، ދަތުރުވެރިން އެއާޕޯޓަށް ގެންގޮސްދިނުމުގެ ޚިދުމަތް ދެމުން ގެންދާ ކަމަށެވެ.

މިގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް، އަލްމަނާސިކް އަދި އަލްހަރަމައިން ގެ ހައްޖުވެރިންނާއި ލަގެޖު އެއާޕޯޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެއިތުރުން އާބަންކޯއިން ބުނީ، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ގެންދަނީ ޖުމްލަ 3 ދުވަހު ކަމަށާއި، އޭގެ ތެރޭގައި މިއަދު 243 ހައްޖުވެރިން އަދި 16 ވަނަ ދުވަހު އާއި 19 ވަނަ ދުވަހު 243 ހައްޖުވެރިން ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވާ ފަރާތްތަކަށް އާބަންކޯގެ ފަރާތުން އެހީއެއްގެ ގޮތުގައި ދަތުރު ހަމަޖައްސައިދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *