ހިޔާ ސަރަހައްދުގައި 2 ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފަށައިފި

31372d6e-3535-4797-b5ef-ddcff4d8b150

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި ދެ ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ޔޫތު މިނިސްޓްރީން ޒެބޮކޯ ކުންފުންޏާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް 2 ހިޔާ ސަރަހައްދު (ޕްލޮޓް ނަމްބަރު N6-38a) އަޅާ ދެ ފުޓްސަލް ދަނޑަށް 4.26 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި މި މަސައްކަތް ހަވާލުކުރީ 55 ދުވަހުން ނިންމުމަށެވެ.

އާބަންކޯއިން ބުނީ، ހުޅުމާލޭ ފޭސް 2 ހިޔާ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް މިހާރު ދިރިއުޅެމުން ދާއިރު، މި ސަރަހައްދުގައި ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް ސަރުކާރާއި މި ކޯޕަރަޝަނާއި ގުޅިގެން ދަނީ ކުރެވެމުން ކަމަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ބޭނުންވާ ކަންކަން ދެނެގަނެ ގިނަ މަސައްކަތްތަކެއް ރޭވި، މިހާރު ދަނީ ކުުރެވެމުން ކަމަށެވެ.

މި ދަނޑުތައް އެޅުމުން އެ ސަރަހައްދުގައި ދިރިއުޅޭ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ވެސް ކުޅިވަރު ކުޅުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މިނޫން ވެސް ގިނަ އިތުރު ކުޅިވަރުތައް ކުޅޭނެ ތަންތަން ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އާބަންކޯއާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *