އޮޅުވާލައިގެން އަގުބޮޑުކޮށް ތަކެތި ވިއްކާތީ މެމްބަރު ރޮޒައިނާގެ ކަންބޮޑުވުން

Addu-Meedhooo-MP-Rozaina

އޮޅުވާލައިގެން އަގުބޮޑުކޮށް ރައްޔިތުންނަށް ތަކެތި ވިއްކާތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މެމްބަރު ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖީއެސްޓީ ބޮޑުވަނީ އަންނަ އަހަރު ކަމަށާއި، ނަމަވެސް ފިޔަފާރިވެރިން އޮޅުވާލައިގެން އެ ނަމުގައި ތަކެތި އަގުބޮޑުކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ތެޔޮ އަގުބޮޑުވުމުން ތަކެތީގެ އަގު އުފުލޭނެކަން ގަބޫލުކުރައްވާ ރޮޒައިނާ ވިދާޅުވީ، ތެލުގެ އަގު ހެޔޮވުމުން އަގުބޮޑުކުރި ތަކެތީގެ އަގު ހެޔޮ ނުކުރާ ކަމަށެވެ. އަދި މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މުދަލާއި އާންމު ހިދުމަތުގެ އަގުން ނަގާ ޓެކްސް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ނިންމައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަން ތަސްދީގުކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *