ކޮމެޓީތަކުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

big_X1OdXUMTQPq2oN8

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ 13 މެމްބަރަކު އެމްޑީޕީން ވަކިވުމުން، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމާ ގުޅިގެންނެވެ. މިކަމުގައި ގޮތެއް ނިންމިފައި ނުވަނީ އެމްޑީޕީއަށް މެޖޯރިޓީ ގެއްލޭ ގޮތަށް އިދިކޮޅު ޕާޓީތަކުން ކޮމެޓީތައް އެކުލަވާލަން މަސައްކަތް ކުރާތީއެވެ.

ކޮމިޓީތަކުގެ މައްސަލަ ހައްލުކުރަން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ގިނަ މަސައްކަތް ކޮށްފައިވާއިރު، ބައެއް ކޮމިޓީތަކުން ސްލޮޓްތައްވެސް އެ ޕާޓީން ދޫކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *