މަދިރިން ރައްކާތެރިވުމަށް އާބަންކޯއިން ހުޅުމާލެ ފޮގްކުރަނީ

FygK7fTacAIn4Sb

މަދިރިން ރައްކާތެރިވުމަށް އާބަންކޯއިން ކޮންމެ ދުވަހަކު ދެފަހަރު ހުޅުމާލެ ފޮގް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އާބަންކޯއިން ބުނީ، ކޮންމެ އަހަރެއްގެ ޖޫން ޖުލައިގެ ވިއްސާރައާ ވިދިގެން ޑެންގޫ ބަލި ޖެހޭ މިންވަރު އިތުރުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިގޮތުން އެޗްޕީއޭއާއި އެކު މަޝްވަރާ ކޮށް، ކޮންމެ ދުވަހަކު ވެސް ފަތިހު އާއި، ހަވީރު ހުޅުމާލެ ތެރެ ފޮގްކުރަމުންދާ ކަމަށެށެވެ.

މީގެއިތުރުން މިކަމުގައި އިސްކަންދެނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، މަދިރި އާލާވުން އެކަށީގެންވާ ފަދަ ސަރަހައްދުތަކަށް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯގެ ފަރާތުން މަދިރި އާލާވުން ހުއްޓުވައި، ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަމުން އަންނައިރު، މިކަމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ދިރިއުޅޭ ގެއާއި ގޯތި ތެރޭގައި މަދިރި އާލާވާ ފަދަ ތަންތަން ހުރި ނަމަ އެތަންތަން ނައްތާލުމާއި، ސާފުތާހިރުކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *