ފޯނު ކޯލާއެކު ޖަލްސާ ނިންމާލުމުން އަފީފު ހޫނުފެނަށް!

Screenshot 2023-06-14 at 15.34.24

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިޔަށްދަނިކޮށް ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް ލިބިވަޑައިގެންނެވި ފޯނު ކޯލާއެކު މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުން އޭނާއަށް ފަޑުކިޔުން އަމާޒުވެއްޖެއެވެ.

މަޖިލީހުގައި ފޯނު ބޭނުން ކުރުމަކީ މަނާ ކަމަމަކަށްވާއިރު، އަފީފުއަށް އައި ފޯނު ކޯލާއެކު "އާދެ މި ނިންމާލަނީ. މި ނިންމާލަނީ" ކަމަށް ވިދާޅުވިއެވެ. އަދި ޖަލްސާ ކުރިޔަށް ގެންދެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް ވިދާޅުވެ މަޖިލިސް ނިންމާލިއެވެ.

އަފީފުގެ މި އަމަލާއެކު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން އަދި ގިނަ ފަރާތްތައް އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އަފީފުއަށް ފޯނު ކުރައްވާ މަޖިލިސް ނިންމާލަން އޯޑަރު ދީފައި ވަނީ ރައީސް ނަޝީދު ކަމަށް ތުހުމަތު ކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީތަކުގެ މައްސަލަ އެޖެންޑާކޮށްފައި އޮތުމުން އެ މައްސަލަ ނަގައިދިނުމަށް އިދިކޮޅު ޕާޓީތަކުން ހާއްސަކޮށް ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުން ވަނީ ހަޅުތާލުކޮށް މަޖިލިސް ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅައި، މަޖިލިސް ހުއްޓުވަން ތަކުރާރުކޮށް މަސައްކަތްކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިޔަށް ގެންދިޔުމަށް ތަކުރާރުކޮށް ބައެއް މެމްބަރުން ހުރަސް އެޅި ނަމަވެސް، އެ މެމްބަރުންގެ ނަން ރިޔާސަތުން އިއްވާފައެއް ނުވެއެވެެ. އަދި ދިޔައީ ނިޒާމީ މައްސަލަތަކަށް ފުރުސަތު ދެއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *