ސްޓެލްކޯއިން ރަސްދޫގައި 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިފި

ea7a83f7-641b-4141-b69f-7a39a8fb98d5

ސްޓެލްކޯއިން އއ.ރަސްދޫގައި 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިފއެވެ.

ސްޓެލްކޯއިން ބުނީ، ރަސްދޫގައި އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށާއި، ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި އެ ރަށުގައި އިތުރު 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބެހެއްޓިފައިވާ ކަމަށެވެ.

މިގޮތުން ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް ވަނީ އިތުރުވެގެން ގޮސްފައިވާއިރު، މި ޕްލާންޓަކީ ސްޓެލްކޯގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓް ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ މި މަސައްކަތުގައި އުޅުއްވި މިކުންފުނީގެ ވޯޓާރ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ބައްދަލުކުރައްވާ އެ މުވައްޒަފުންގެ މަސައްކަތަށް ތަރުހީބުދެއްވާފައި. އަދި މިކުންފުނިން އަލަށް އެފަދަ ކަމެއް ކޮށް، އެ ހޯއްދެވި ކާމިޔާބީއަށް އެމްޑީވަނީ އެ މުވައްޒަފުންނަށް ޝުކުރާއި، މަރުހަބާ ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *