ފަރެސްމާތޮޑާ އެއާޕޯޓުގައި ލައިޓްހަރުކޮށް، ޓެސްޓުުކޮށްފި

f6540c20-5e9b-4b53-85d5-84ef9c54dcb1 (1)

ފަރެސްމާތޮޑާ އެއާޕޯޓުގައި ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ލައިޓްހަރުކޮށް، ޓެސްޓުުކޮށްފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މުޅި އެއާޕޯޓްގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން ރަންވޭއާއި އެއަރޕޯޓްގެ ފަޔަރ ބިލްޑިންގއާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި ޓަރމިނަލްގެ ސްޓްރަކްޗަރގެ މަސައްކަތްތައްވެސް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޓަރމިނަލްގެ އެތެރޭގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މަޢުލޫމާތުދެއްވާގޮތުގައި އަންނަ ފެބްރުއަރީމަހު ޚިދުމަތަށް ގެނެވޭވަރަށް، ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތްތައް ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މިދިޔަ އަހަރު އަމަލީ މަސައްކަތް ފެށި ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމަށް 144.8 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *