މި އަހަރު ރާއްޖެއިން ހައްޖަށް ފުރި ފަހު ގްރޫޕާ ރައީސް ބައްދަލުކުރައްވައިފި

303622_263af99b-2_

މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައި ހައްޖާޖީންނަށް އަލްވަދާއު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ފުރުމަށް ހަމަޖެހިފައިވާ ހައްޖާޖީންނާއި، އެއާޕޯޓުން ބައްދަލުކުރައްވައި ރައީސް ސޯލިހު ވަނީ، ހައްޖާޖީންގެ ހާލު އަހުވާލު އޮޅުންފިލުއްވާފައެވެ. އަދި އެމަނިކުފާނުގެ ހެޔޮދުއާތައް ވަނީ ހައްޖާޖީންނާއި އެކުގައި ކަމުގައި ވިދާޅުވެ، ހައްޖުވެރީންނަށް މަބުރޫރް ހައްޖަކަށް އެދިވަޑައިގެންނެވިއެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެންމެފަހުން ފުރި މިގުރޫޕުގައި ހިމެނެނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ 288 ޙައްޖާޖީންނެވެ.

ރައީސް ސޯލިހު، މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

Leave a Reply

Your email address will not be published. Required fields are marked *