ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ލެވޭގޮތަށް އިސްލާހު ފާސްކޮށްފި

358828_3_97fa38f3cebc9bb4eb8b8e1623d47d147fc61f22_large

ލޯފަން މީހުންނަށް އިންތިހާބުތަކުގައި ވޯޓުލެވޭ ގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު 51 މެމްބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަޙެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ. މި އިސްލާހުގެ ބޭނުމަކީ ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ޖީހާ ވަނީ ވިދާޅުވެފައެވެ.

މި އިސްލާހުގައިވާ ގޮތުން ލޯފަން މީހުން ވޯޓުލުމަށްޓަކަށް، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ. އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ބޭނުންކުރެވިދާނެ ކަމަށްވެސް އިސްލާހުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްވުމާއެކު އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލުމުގެ ފުރުސަތު މިވަނީ ލިބިގެން ގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *