އާބަންކޯ ފޯ ބިޒްނަސް – ވިޔަފާރިވެރިންނަށް ހާއްސަ އޯޕަންޑޭއެއް

84eeb81c-fd08-44fb-947e-e2b366598af1

އާބަންކޯއިން ވިޔަފާރިވެރިންނަށް ހާއްސަ "އޯޕަންޑޭއެއް އަރބަންކޯ ފޯ ބިޒްނަސް"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާބަންކޯއިން ބުނީ، މި އޯޕަންޑޭގެ އެންމެ ބޮޑު އެއް ބޭނުމަކީ މި ކޯޕަރޭޝަންގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލުމާއި، އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާއި އެކު މި ފުރުސަތުތަކަށް ކުރިމަތިލިމުގެ މަގު ފަހި ކޮށްދިން ކަމަށެވެ.

މިގޮތުން، މިފަހަރުގެ އޯޕަންޑޭގައި ހުޅުމާލޭގައި އޮފީސް އިމާރާތް ގާއިމު ކުރުމަށް ހުރި ފުރުސަތުތަކާއި ތިލަފުށި ފޭސް 2 އިން ބިން ގަތުމަށް ހުރި ފުރުސަތުތަކަށް ހާއްސަކަމެއް ދެވިގެން ދާނެ ކަމަށްވެސް އާބަންކޯއިން ބުނެއެވެ.

މީގެ އިތުރުންވެސް، އާބަންކޯއިން ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުން، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ކިޔާދިނުމާއި، ޕޯޓަލް ބޭނުން ކޮށްގެން މި ޕްރޮޖެކްޓްތަކާއި، ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، އެ ކޯޕަރޭޝަންގެ އަމާޒަކީ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ، ވިހާވެސް ގާތުން މަސައްކަތް ކުރުން ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯ ފޯ ބިޒްނަސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 20 ވަނަ ދުވަހު އާބަންކޯ އެގްޒިބިޝަން ސެންޓަރުގައި 10:00 – 20:00 އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *