ސިފައިންގެ ގާބިލުކަން އެތައް ގުނައެއް އިތުރުކުރެވިއްޖެ: ރައީސް

FzFJF1wagAEJBz1

ކުރެވުނު ގިނަ މަސައްކަތްތަކުން ދިވެހި ސިފައިންގެ ގާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރުވަނީ އިތުރުކުރެވިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 131 ވަނަ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ރޭވިފައިވާ ކަންކަމުގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިފައިންގެ ޢަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ، އެޑްވާންސް ވެޕަން ފަޔަރިންގ ސިމިއުލޭޓަރ ހޯދުން ހިމެނޭ ކަމަށާއި، މި އަހަރުގެ ތެރޭގައި އެފަދަ ހަތަރު ސިމިއުލޭޓަރު ރާއްޖެ ގެނެސް ބޭނުންކުރަން ފެށޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް، ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމާ ގުޅިފައިވާ ކިތަންމެ ކަމެއް ހިނގަމުންދާ ކަމަށާއ،ި އެގޮތުން މިއަހަރުގެ ތެރޭގައި ކުރަން ނިންމާފައިވާ ސިފައިންގެ ކްރިޓިކަލް އިންފްރާސްޓަކްޗަރގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން އެންޓި-ޑްރޯން ސިސްޓަމްތަކެއް ހޯދުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، ޢަސްކަރީ ޚިދުމަތްތަކަށް ޚާއްސަ މުއައްސަސާއަކަށް ވިޔަސް، ދިވެހި ސިފައިން އަދާކުރާ މަދަނީ ޒިންމާތަކާއި ވާޖިބުތައް މަދެއް ނޫން. އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން މީހުންގެ ފުރާނައާއި މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމުގެ އެންމެ މަތީ ޒިންމާ އަދާކުރަނީ ދިވެހި ސިފައިން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ކަނޑު ދަތުރުފަތުރުގައި ކުރިމަތިވާ ނުރައްކާތެރި ހާދިސާތަކުން މީހުންގެ ފުރާނައާއި މުދަލާއި އުޅަނދުތައް ސަލާމަތްކޮށްދިނުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހި ސިފައިންކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ސިއްހީ ކުއްލި ޙާލަތްތަކުގައި ބަލިމީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި ވައިގެ މަގުންނާއި ކަނޑު މަގުން ވެސް، ދިވެހި ސިފައިން އަންނަނީ ވަރަށް މުހިންމު ޚިދުމަތްތަކެއް ދެމުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *