މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފި

FzOMQUcaIAAXsEo

ހދ.މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ނެޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަވާލުކޮށްފައި ވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތް ޕްލޭނިންގް މިނިސްޓްރީން ބިގްފިޝްއާ ހަވާލުކޮށްފައި ވަނީ 366 ދުވަހުން ނިންމަން 16 މިލިއަން ޑޮލަރަށެވެ.

ސަރުކާރުގެ ވައުދަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެންމެ ދުރުވެގެން 20-30 މިނެޓްގެ ދަތުރެއްކޮށްފައި ދެވޭހާ ކައިރީގައި އެއާޕޯޓެއް ތަރައްގީކުރުން ކަމުގައިވީ ނަމަވެސް ކައިރީގައި މީހުން ދިރިއުޅޭ ރަށްތައް ނެތުމުން، މި ޕްލޭނާއި އެއްގޮތަށް މަސައްކަތް ނުގެންދެވޭނެ ހަމައެކަނި ސަރަޙައްދަކީ މަކުނުދޫ ހިމެނޭ ސަރަޙައްދެވެ. އެހެންކަމުން ސަރުކާރުން ވަނީ އެރަށުގައި ވަކިން އެއަރޕޯޓެއް ތަރައްޤީކުރާނެކަން އިއުލާން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *