ރާއްޖެއަށް މި މަހު 77،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

l_2021_04_04_120936_a1hnlcy4wdr2p687fg59kiqmsext3oujbzv_EN_

ރާއްޖެއަށް މި މަހު 77،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މި ހިނގާ ޖޫން މަހުގެ 1 އިން 21 ގެ ނިޔަލަށް 77،734 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށާއި، މި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 886,978 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް މި އަހަރު ފަތުރުވެރިން އަންނަ ނިސްބަތް 13.6 އިންސައްތަ އިތުރުވެފައިވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،157 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. އަދި ރާއްޖެ އަންނަ ފަތުރުުވެރިން އެވްރެޖްކޮށް 7.7 ދުވަސް ރާއްޖޭގައި މަޑުކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ އިންޑިއާއިންނެވެ. ދެވަނައަށް ރަޝިއާއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ތިންވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޔޫކޭ ފަތުރުވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *