މާދަމާ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

img_md_202112080109151638950955.3788

މާދަމާ ހިޔާ ސަރަހައްދުގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ، ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަންގެ ނެޓްވޯކް އަޕްގްރޭޑް ކުރުމަށް މާދަމާ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމަށެވެ.

މިގޮތުން ހިޔާ ކަރަންޓް ކެނޑޭނެ ކަމަށް ލަފާކުރެވެނީ ޓަވަރު 1 އިން 8 އަށް ހެނދުނު 10:00 އިން 12:00 އަށް އަދި ޓަވަރު 9 އިން 16 އަށް މެންދުރުފަހު 02:00 އިން 03:30 އަށް ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *