ލ.ގަމު ހައުސިންގް މަޝްރޫއުގެ ބިންގާ އަޅައިފި

ލ.ގަމުގައި 100 ހައުސިންގް ޔުނިޓް މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ލ.ގަމުގައި 100 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.

މި މަޝްރޫއުގެ ބިންގާ އަޅައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އަދިި އެ ރަށު ކައުންސިލް މެމްބަރުންނެވެ.

މި މަޝްރޫއުގައި ގާއިމުކުރާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.

މިއީ މިއަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ 84.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *