އަމީނީ މަގު ސެގްމަންޓް 8 ގެ މަސައްކަތް ބާރަށް ކުރިއަށް

F0A_GSwaYAEAI16

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް 8 ގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ، އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ސެގްމެންޓް 8 ގައި ކާބް ސްޓޯން ޖެހުމާއި ސްޓޯރމް ވޯޓަރ ކެޗްޕިޓް ބެހެއްޓުމުގެ އިތުރުން މައި ފެންހޮޅި އެޅުމުގެ މަސައްކަތުގެ އިތުރުން މީގެ ދުވާރު ހެދުމާއި، ޕޭވިންގ ގެ މަސައްކަތްވެސް އަންނަނީ ކުރަމުން ކަމަށެވެ.

އަމީނީ މަގު ހެދުމުގެ މަޝްރުއުގައި 13 ސެގްމަންޓް ހިމެނޭއިރު، އޭގެ ތެރެއިން 7 ސެގްމަންޓްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް އާންމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ. އަދި މަޝްރޫއަށް 84.4 މިލިޔަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *