ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދީފި

capture-32-1024x579

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް ބޭނުންވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤް ސޮއިކުރައްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ފޮނުއްވި ސިޓީގައި ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް ދީފައިވާ ހުއްދައިގެ ދަށުން، ޕާޓީ އުފެއްދުމަށް ގާނޫނުން ލާޒިމްކުރާ 3،000 މީހުންގެ ފޯމް ކޮމިޝަނަށް ލިބިފައިވާކަމަށާއި، އަދި ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދެއްވާފައިވާ ކަމަށެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހު ހަސަން ލަތީފަށެވެ. ޕާޓީ އުފެއްދުމަށް 3،600 މީހުންގެ ފޯމާއިއެކު އިލެކްޝަނަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *