ކޮމިޓީ ރިޕޯޓް ބަދަލުކުރަން ޖެހޭތީ މަޖިލިސް ނިންމާލައިފި

8fgNeIdhoslXjlzdEt3Rvlru1DGoGFOfxTyA0k4J

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އެކުލެވުމަށް ގެންނަން ޖެހޭ ބަދަލުގެ ރިޕޯޓް އިސްލާހު ކުރަން ޖެހޭތީ ކަމަށް ބުނެ ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބޭއްވުމަށް އެދިގެން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ހުށަހަޅައިގެން މިއަދު ބޭއްވި ޖަލްސާގެ ރިޔާސަތު ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ބަލަހައްޓާފައިވާއިރު، ޖަލްސާ ފެށިތާ ފަސް މިނެޓުވެސް ނުވަނީސް އޭނާ ވަނީ ޖަލްސާ ނިންމާލާފައެވެ.

ޖަލްސާ ފެއްޓެވުމަށް ފަހު އަފީފު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަމަށާއި، މަޖިލީހުގައި އެމްޑީޕީ ތަމްސީލުވާ ނިސްބަތަށް ބަދަލު އަންނާނެތީ، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވެ މަޖިލިސް ނިންމާލާފައެވެ.

މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވި މަޖިލީހުގައި މަރުތަޅު އެޅި، އީދު ބަންދުގެ ކުރިން މަޖިލީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތަކެއް ނުނިންމަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *