ޖުލައި މަހުގެ ފުރަތަމަ 3 ދުވަހު ރާއްޖެއަށް 14،000 ފަތުރުވެރިން!

img_md_202109140425021631618702.7076

މި ހިނގާ ޖުލައި މަހުގެ ފުރަަތަމަ ތިން ދުވަހު ރާއްޖެއަށް 14،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ޖުލައި 1 އިން 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 14،273 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 13.1 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް މި އަހަރު ބޮޑުތަނުން އިތުރުވެފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން ބުނީ އެވްރެޖުކޮށް ދުވާލަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް އުޅެނީ 5،000 އަށްވުރެ މަތީގައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެވްރެޖްކޮށް 7 ދުވަހު މަޑުކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ރާއްޖެއަށް މި އަހަރު މިހާތަނަށް 943,880 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *