ނޫސްވެރިން ކިބައިން އެންމެފަހުން އަމްރު މައާފަށް އެދިއްޖެ!

298100_3_f8275e3e4c3bff9fca7675faaa68e934ba796a11_large

ނޫސްވެރިންނަށް ރިޝްވަތު ހިފާ ކަމުގެ ތުހުމަތު ކުރެއްވި އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ހުސެއިން އަމްރު އެންމެ ފަހުން ނޫސްވެރިން ކިބައިން މައާފަށް އެދިއްޖެއެވެ.

ޕީޕީއެމް އަދި ޑިމޮކްރެޓްސް ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރާ ސުވާލުތަކާ އަމްރު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން ނޫސްވެރިން ރިޝްވަތު ހިފާ ކަމަށާއި، ނޫސްވެރިން ކުރަނީ ރައީސް އޮފީހުން ފޮނުވާ ސުވާލުތައް ކަމަށް ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން އަމްރު ޓުވިޓަރ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިނިވަން ނޫސްވެރިކަމުގެ މުހިންމުކަމުގެ ވާހަކަ އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ކަމަށާއި، އެވާހަކަ ގެންދެވުނު ގޮތުން ބައެއް މީހުން އެކަމާ ހިތްހަމަނުޖެހުނުކަން ފާހަގަކުރެވުނު ކަމަށެވެ. މިގޮތުން އެވާހަކަ އެ މޭރުމުން ގެންދެވުނު ކަމަށްޓަކައި އަމްރު ވަނީ ނޫސްވެރިން ކިބައިން މައާފަށް އެދިފައެވެ.

އަމްރުގެ ވާހަކަތަކާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު ތުހުމަތު އަޅުވައި، ނޫސްވެރިންގެ އަގު ވައްޓާލަން މަސައްކަތް ކުރާތީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ. އަދި އެފަދަ ތުހުމަތުތައް ކުރާ ނިއުސް ކޮންފަރެންސްތައް ބޮއިކޮޓްކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *