ގަލޮޅު ދަނޑުގެ މަސައްކަތް މި ދައުރުގައި ފެށޭނެ: މަހްލޫފް

277748923_534289988058238_6987744288679613776_n

ގަލޮޅު ދަނޑު ތަޅާލައި އެތަނުގައި ޒަމާނީ ފުޓްބޯޅަ ސްޓޭޑިއަމެއް ހެދުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފެށޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގާއިމުކުރާ ގަލޮޅު ދަނޑުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފެށޭނެ ކަމަށާއި، އަދި ދަނޑުގެ މަސައްކަތް ނިންމާނީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގދ.ތިނަދޫ، ފުވައްމުލައް ސިޓީ، ސ.ހިތަދޫ އަދި ހދ.ކުޅުދުއްފުށީގައި ގާއިމުކުރާ ތިން ކޯޓުގެ ވޮލީބޯލް އިންޑޯ އާއި ތިން ކޯޓުގެ ނެޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމުކުރަން ޓެންޑަރކޮށް ބިޑު ނެގުމަށް މި ހިނގާ ޖުލައި މަހުގެ 16 ވަނަ ދުވަހު ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފައެވެ. އަދި މަޝްރޫއުތަކަށް ބޭނުންވާ 42 މިލިއަން ޑޮލަރުވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގަލޮޅު ދަނޑު ތަޅާލެވޭނީ ހުޅުމާލޭގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފަ. އިރާދަކުރެއްވިއްޔާ މިދައުރުގައި މަސައްކަތްތައްފެށޭނެ. އަދި ނިންމާނީވެސް ރައީސް ސޯލިހުގެ ވެރިކަމުގައި" މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި މިސަރުކާރު މިއޮތީ މުޅިންއެހެން ލެވަލްއެއްގައިކަން މިނިސްޓަރު މަހްލޫފް ފާހަގަކުރައްވާފައިވާއިރު، މި ސަރުކާރުން ވަނީ ވޭތުވެދިޔަ އެހެން ސަރުކާރެއްގައި ގާއިމުނުކުރާ ވަރަށް ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްފައެވެ. މިގޮތުން ބައެއް ވަސީލަތްތައް މިހާރު އަންނަނީ ބޭނުންވެސް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *