އާރްޓީއެލް ފަށަން ހުވަދޫއަށް 6 އުޅަނދު ފުރުވާލައިފި

F0V5NXCacAAUysh

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ފެށުމަށް ޒޯން 5 (ގއ އަދި ގދ) އަށް 6 އުޅަނދު ފުރުވާލައިފިއެވެ.

އާރްޓީއެލް ހިދުމަތް ފެށުމަށް ބޭނުންވާ 6 އުޅަނދު ހުވަދޫ އަތޮޅަށް ފުރުވާލާފައި ވަނީ މިއަދު ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓާމިނަލުންނެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ހުވަދޫ އަތޮޅުގައި އާރްޓީއެލް ހިދުމަތް ފެށުމަށް ހައި ސްޕީޑް ބާރު އުޅަނދުތައް ފުރުވާލެވިފައިވާ ކަމަށާއި، މި ހިނގާ ޖޫން މަހުގެ 13 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެއިތުރުން ހުވަދޫ އަތޮޅުގައި އަގު ނަގައިގެން އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށާނީ މި ހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހު ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ، ހުވަދޫގައި އާރުޓީއެލް ހިދުމަތް ދޭ ލޯންޗުތަކުގައި 50 މީހުންގެ ޖާގަ ހުންނާނެ ކަމަށާއި، އަދި ފަސޭހަކަމާ އެކު ވީލް ޗެއާ އާއި ސްޓްރެޗާ ބެހެއްޓޭ ގޮތަށް ޖާގަ ތަނަވަސްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *