ހއ.ދިއްދޫ މަގު ހެދުން: ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުން ކުރިއަށް

F0VSTw_aAAEQ9YM

ހއ.ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ، ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ދާންނާކަލޭފާނު މަގާއި މާލިމީ މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، ދިއްދޫ ސައިޓުގައި މަގުހެދުމުގެ މަޝްރޫޢަށް ބޭނުންވާ ކާސްޓިންގ ގެ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށެވެ.

ދިއްދޫ މަގު ހެދުމަށް އާރްޑީސީއާ މިދިޔަ އަހަރުގެ މެއި މަހު ހަވާލުކޮށްފައިވާއިރު، މަޝްރޫއުގެ އަގަކީ 108.5 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫގެ ދަށުން 5.4 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމް ގާއިމު ކުރުމުގެ އިތުރުން މަގު ބައްތި ހަރުކުރުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *