ފެން ބިލްގެ ޖޫރިމަނާ މައާފް ކޮށްދިނުމުގެ އިތުރު ޕްރްގްރާމެއް ފަށައިފި

photo_2023-07-06-12.40.20

އެމްޑަބްލިއުއެސްސީ އިން ފެން ބިލުގެ ޖޫރިމަނާ މައާފް ކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން، ބިލުގެ ޖޫރިމަނާ މަޢާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށާފައިވާ ކަމަށާއި، މި ޕްރޮގްރާމް ކުރިޔަށް ގެންދާނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިޕްރޮގްރާމުގެ ދަށުން، ޖޫރިމަނާ މައާފްކޮއްދެވޭނީ ފެން ބިލަށް ނުވަތަ ބިލްތަކަށް ދައްކަވަންޖެހިލައްވާ ޖުމްލަ ފައިސާ އެއްފަހަރާ ދައްކަވައި ޚަލާސްކުރެއްވުމަށް ފަހު ޖޫރިމަނާ މައާފްކޮއްދެއްވުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލް އަކުން ހުށައެޅުއްވުމުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ޕްރޮގްރާމް އާއި ގުޅޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ނަމްބަރ 105 އަށް ގުޅުމުން، ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުއްވައިގެން ނުވަތަ mail@mwsc.com.mv އަށް މެއިލްކޮށްލެއްވުމުން ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފައި، ފާއިތުވި މަސްތަކުގެ ފެން ބިލްތަކަށް ދައްކަވަން ޖެހިލައްވާ ފައިސާ ދައްކަވައި ހަލާސް ކުރުމަށް ކަސްޓަމަރުންގެ ކިބައިން އެމްޑަބްލިއުއެސްސީން ވަނީ އެދިފައެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއި ފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ އަބަދުވެސް އެމްޑަބްލިއުއެސްސީގެ އަމާޒު ކަމަށް ފާހަގަކޮށް އެ ކުންފުނިން ބުނީ. ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހައި ކަސްޓަމަރުންވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކެވުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށައި، މިހާރުވެސް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *