ތިލަމާލެ ބްރިޖް: މިހާތަނަށް ހަދާ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް

F0fboUVakAACFe3

ތިލަމާލެ ބްރިޖުގެ ބައިތަކަކީ މިހާތަނަށް ހަދާ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތައް ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބްރިޖްގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތައް ކަމަށާއި، އޭގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެ ކަމަށެވެ.

ބްރިޖުގެ ސުޕަސްޓްރަކްޗާގެ ބައިތަކުގެ ތެރެއިން އެއް ސެގްމަންޓް ޕްރީކާސްޓްކޮށް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލަން 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާއިރު،. އެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

މަޝްރޫއަށް އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައިވާއިރު، 400 މިލިއަން ޑޮލަރު އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ވަނީ ހަމަޖެހިފައެވެ. މަޝްރޫއަށް ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާނެވެ.

Leave a Reply

Your email address will not be published. Required fields are marked *