އެންމެ މެންބަޝިޕް ބޮޑު ކޯލިޝަނާއެކު، އެއްބުރުން އިންތިހާބު ކާމިޔާބުކުރެވޭނެ: ރައީސް

355883_3_3c1bcd7a440761072b93d41cd6804536e0c39c67_large

އެންމެ މެމްބަޝިޕް ބޮޑު ކޯލިޝަނާއެކު އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

‏އެމްޑީޕީ ގައުމީ މަޖިލީީހުގެ މެނިފެސްޓޯ ޑިސްކަޝަންގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީން ރިޔާސީ އިންތިހާބަށް ނިކުންނަނީ މިހާތަނަށް ރިޔާސީ އިންތިހާބަކަށް ނިކުންނަ އެންމެ މެމްބަޝިޕް ބޮޑު ކޯލިޝަނާއެކުގައި ކަމަށާއި، އިންތިހާބު އެއްބުރުން ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އެމްޑީޕީ އާއި އެމްޑީއޭ އަދި އަދާލަތު ޕާޓީގެ މެމްބަޝިޕް އެއްކޮށްލުމުން 77،700 މެމްބަރުން ހަމަވޭ. އެކީގައި މަސައްކަތް ކުރެވިއްޖެ ނަމަ މިއީ ނިމިފައި އޮތް ކަމެއް" ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއިންނެވެ. މިގޮތުން ތިން ޕާޓީ ގުޅިގެން އަންނަނީ ރިޔާސީ އިންތިހާބަށް. ދުރާލައި ތައްޔާރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *