ފޯކައިދޫގައި ނިމުނު މަޝްރޫއުތައް ރައީސް އިފްތިތާހުކޮށްދެއްވައިފި

IMG_0690

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ މަޝްރޫއުތައް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ ފޯކައިދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ހަވީރު އެރަށުގައި ވަކި ވަކިން ކުރިޔަށް ގެންދިޔަ ތިން ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ ވަނީ ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި އެރަށު ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފައެވެ.

ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފަށާފައި ވާއިރު، ފޯކައިދޫ ބަނދަރު އަޕްގްރޭޑްކުރުުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއިންނެވެ. މީގެ އިތުރުން ވެސް ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއެކު ސޯލަރ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިޔަށްގެންގޮސްފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *