މީމު އެއާޕޯޓް ހެދުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

F0pyYPeagAAV52J

މީމު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މީމު އެއާޕޯޓް މަޝްރޫއުގެ ދަށުން އެއާޕޯޓްގެ ގޮނޑުދޮށުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި، ރޯޑާއި ފަޔަރ ޕެޑްގެ ސަބްގްރޭޑް މަސައްކަތް ނިމިފައިވާ ކަމަށާއި، އަދި މުޅި މަޝްރޫއުގެ 60 އިންސައްތަ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ، މި މަޝްރޫއަށް 230.10 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *