ފީވައް، ފޭދޫ އަދި ފޯކައިދޫގައި ފަތާ ސަރަހައްދެއް ހަދަން އެމްޓީސީސީއަށް

big_09VkKdZvzmh6OGCGlJ5KiV72I

ށ.އަތޮޅު ފީވައް، ފޭދޫ އަދި ފޯކައިދޫގައި ފަތާ ސަރަހައްދެއް ގާއިމުކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލ،ް އަލްފާޟިލާ ފާތުމަތު ޝާނާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 210 ދުވަސް ތެރޭގައި ނިންމުމަށް 16.61 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން 2,500 އަކަމީޓަރުގެ ފަތާ ސަރަހައްދެއް (25×100) ށ. ފީވަކުގައި ގާއިމްކުރުމަށް 97 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި އަދި 50 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށާއި، ހަމައެހެންމެ 1,620 އަކަމީޓަރުގެ ފަތާ ސަރަހައްދެއް (30×54) ށ. ފޭދޫގައި ޤާއިމްކުރުމަށް 62 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި އަދި 50 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް ކުރުންވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން 2,100 އަކަމީޓަރުގެ ފަތާ ސަރަހައްދެއް (30×70) ށ. ފޯކައިދޫގައި ޤާއިމްކުރުމަށް 101.56 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި އަދި 40 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް ކުރުންވެސް ހިމެނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއާއެކު ށ. އަތޮޅު ފީވައް، ފޭދޫ އަދި ފޯކައިދޫގައި އަމާން ހިތްގައިމު ފަތާ ސަރަހައްދެއް މުސްތަޤުބަލުގައި ގާއިމްވެގެން ދިޔުމުން  ތިން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *