ރިޔާސީ އިންތިހާބު 2023: އެކިކަންކޮޅުގައި 607 ވޯޓުފޮށި ބަހައްޓާނެ

354617_3_c32e61775903d715dcddc999cb5eac170eb64d8f_large

އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 607 ވޯޓުފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އަތޮޅުތަކުގައި 319 ވޯޓުފޮށި، ރިސޯޓުތަކުގައި 78 ވޯޓުފޮށި، މާލެ ސިޓީ ރައްޔިތުންނަށް 61 ވޯޓުފޮށި އަދި މާލެ ސިޓީގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް 77 ވޯޓުފޮށި ހަމަޖައްސާފައިވާ ކަމަށެވެ.

ވިލިމާލޭގައި ދިރިއުޅޭ މާލޭ ރައްޔިތުން ވޯޓުލުމަށް 6 ވޯޓުފޮށި ބަހައްޓާފައިވާއިރު، ވިލިމާލޭގައި އުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލާން 4 ވޯޓުފޮށްޓެއް ވަނީ ބަހައްޓަން ނިންމާފައެވެ.

ހުޅުމާލެ ފޭސް 1 ގައި މާލެ ސިޓީ ރައްޔިތުންނަށް 6 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާއިރު، އަތޮޅު ތެރޭގެ ރައްޔިތުން ވޯޓުލާން 16 ވޯޓުފޮށްޓެއް ވަނީ ބަހައްޓަން ނިންމާފައެވެ، އަދި ފޭސް 2 ގައި ދިރިއުޅޭ މާލޭ ރައްޔިތުންނަށް އެއް ވޯޓުފޮށި ހަމަޖައްސާފައިވާއިރު، އަތޮޅުތަކުގެ ރައްޔިތުންނަށް 16 ވޯޓުފޮށި ވަނީ ބަަހަައްޓަން ނިންމާފައެވެ.

މީގެއިތުރުން އައްސޭރި ޖަލު، ހުޅުމާލެ ޖަލު، ދޫނިދޫ، ހުޅުލެ، ތިލަފުށި، އިންޑިއާގެ ޓްރިވެންޑްރަމް، އިންޑިއާގެ ނިއުދިއްލީ، މެލޭޝިއާގެ ސިންގަޕުރު، ތައިލޭންޑްގެ ބެންކޮކް، އިނގިރޭސިވިލާތުގެ ލަންޑަން، އަބޫދާބީ، ޖަޕާންގެ ޓޯކިޔޯގައި އެއް ވޯޓުފޮށި ބަހައްޓަން ނިންމާފައިވާއިރު، މެލޭޝިއާގެ ކުއަލަލަމްޕޫރު އަދި މާފުށީގައި 2 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ. އަދި ލަންކާގެ ކޮލަމްބޯގައި 4 ވޯޓުފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *