މާލޭގައި ހިންގާ ގަރާޖުތައް ހުޅުމާލެ ބަދަލުކުރުން: 23 ޕްލޮޓެއްގެ ގުރު ނަގައިފި

decc9d3b-c277-4323-b1b7-98970638a2db

މާލޭގައި ހިންގާ ގަރާޖުތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން 23 ޕްލޮޓަކަށް ހޮވިފައިވާ ފަރާތްތަކުގެ ގުރު ނަގައިފިއެވެ.

އާބަންކޯއިން ބުނީ، މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގަރާޖުތައް ހިންގާ ފަރާތްތަކަށް އެ މަސައްކަތަށް ބޭނުންވާނެ ބިން ކަނޑައަޅާ 23 ޕްލޮޓަކަށް ހުޅުވާލުމުން 190 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިފަދަ މަސައްކަތް ކުރާ ތަންތަން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށްކަން ފާހަގަކޮށް އާބަންކޯއިން ބުނީ، 23 ޕްލޮޓުގެ ހައްގުވެރިން ކަނޑައެޅުމުގައި އެ ކޯޕަރޭޝަނުންގެ ފަރާތުން ވަނީ ހުށަހަޅާފައިވާ ފޯމުތަކުގައިވާ މައުލޫމާތުތައް ސައްހަ ކުރުމަށް ގަރާޖުތަކަށް ޒިޔާރަތްކޮށް ސާވޭއެއް ކުރިއަށް ގެންގޮސްފައިކަމަށެވެ.

މިގޮތުން އެ ސާވޭއިން ބެލިބެލުމުގައި، ތޮށްޖެހިފައިވާ ނުވަތަ އާއްމުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހިންގޭ ގަރާޖުތައް ވަނީ ބަލާފައި ކަމަށާއި، އޭގެތެރެއިން މިފަހަރު ހާއްސަކަމެއް ދީފައިވަނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ސާވިސް ކުރާ ގަރާޖުތަކަށް ކަމަށެވެ.

މި ފަހަރު ހުޅުވާލެވުނު ފުރުސަތުގައި ދިނުމަށް ހަމަޖެހިފައިވާ ޕްލޮޓްތަކުގެ ބޮޑުމިނުގައި 1297 އަކަފޫޓުން ފަށައިގެން 1447 އަކަފޫޓު ހުންނާނެ ކަމަށާއި، އަދި މިފަހަރު ލިބުނު ތަރުހީބަށް ބަލާ، މާލޭގައި ގަރާޖުތައް ހިންގުމަށް ހުރި ދަތިތަކާއި، ހުރި ނުރައްކާތަކަށް ހައްލެއް ހޯދައިދިނުމަށް އިތުރު ޕްލޮޓުތައް ވެސް ހުޅުވާލުމަށް ވަނީ ހަމަޖެހިފައި ކަމަށް އާބަންކޯއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *