ގއ.ކޫއްޑޫ އަދި ގދ.ތިނަދޫގައި މަސްވެރިކަމުގެ ފެސިލިޓީތަކުގެ ސިވިލް މަސައްކަތް އެމްޓީސީސީއަށް

F01ErtjagAEAbaj

ގއ. ކޫއްޑޫ އަދި ގދ. ތިނަދޫގައި އަލަށް ގާއިމްކުރާ މަސްވެރިކަމުގެ ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތަކުގެ މަޝްރޫއު މިފްކޯއިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްމާޢިލް ފަޢުޒީއެވެ.

މި އެއްބަސްވުމުގެ ދަށުން ހަތަރު މަޝްރޫއެއްގެ މަސައްކަތް ކުރުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައި ކަމަށާއި، އޭގެ ތެރެއިން ދެ މަޝްރޫއު ގދ.ތިނަދޫގައި އަދި އަނެއް ދެ މަޝްރޫއު ހިންގަން ހަމަޖެހިފައި ވަނީ ގއ.ކޫއްޑޫގައި ކަމަށް އެމްޓީސީސީން ބުނެއެވެ.

ގދ.ތިނަދޫގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ތިނަދޫގައި މިހާރު ތަރައްގީކުރަމުން އަންނަ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މިގޮތުން ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މިފްކޯ ސަރަހައްދުގައި ކޯލްޑް ސްޓޯރޭޖްގެ ފައުންޑޭޝަން މަސައްކަތްތަކާއ،ި ޑީސަލް ޓޭންކްގެ ފައުންޑޭޝަން މަސައްކަތްތަކާއ،ި އެއް ފަންގިފިލާގެ 4,790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތެއް ޤާއިމުކުރުމާއ،ި އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ ޢިމާރާތެއް ޤާއިމުކުރުމާއ،ި އެއް ފަންގިފިލާގެ 266 އަކަފޫޓުގެ ލޮނު ރައްކާކުރާ ޢިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތާއި އަދި 3,050.363 އަކަފޫޓުގެ ސަރަޙައްދެއްގައި ރީއިންފޯރސްޑް ކޮންކްރީޓް ޕޭވިން އެޅުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ކޫއްޑޫގައި ކަލަމިންޖާ ޖެޓީ ބޮޑުކުރުމަށް ކުރެވިގެންދާ މަސައްކަތުގެ ތެރޭގައ،ި 9,900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއ،ި 222 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށާއި، އަދި މީގެ އިތުރުން ކޫއްޑޫގެ އައު ބްރައިން ފްރީޒަރ އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ހަތަރު މަޝްރޫއުގެ ޖުމްލަ އަގަކީ 42.26 މިލިއަން ރުފިޔާ ކަމަށް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *