ޒުވާން އާ ޖީލަކަށް އަންނަ 5 އަހަރު ތެރޭގައި ފުރުސަތު ހުޅުވާލާނަން: ރައީސް

6b7a3f85-ff5f-41e6-9831-50d71739024d

ރަނގަޅު ޖީލެއް ބިނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި އަންނަ ފަސް އަހަރު ތެރޭގައި ޒުވާން އާ ޖީލަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ.މަޑުއްވަރީއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އުފާވެރި އަމާން ރާއްޖެއެއް ހޯދޭނީ ޒުވާނުންނަށް ފުރުސަތު ދީގެން ކަމަށާއި، އަންނަ ފަސް އަހަރު ތެރޭގައި ޒުވާން އާ ޖީލަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ރަނގަޅު ހޭލުންތެރި ޓެކްނިކަލް އަދި ތައުލީމީ ޖީލެއް އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް ދީގެން ކުރަ ކަމެއް ކަމަށާއި، މިގޮތުން ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމާއެކީ މީހުން ބިނާ ކުރުމަށްވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ސްކޫލްތަކަށް އެކަނި ބެލި ކަމަށްވީ ނަމަވެސް ސަރުކާރުން ވަނީ ސްކޫލްތައް އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން މިހާތަނަށް 1،578 ކްލާސްރޫމްގެ އިތުރުން 85 މަލްޓިޕާޕަސް ހޯލް ގާއިމުކޮށްފައި ކަމަށާއި، އެއީ މީގެ 15 އަހަރު ކުރިން ބެލި ކަމަށްވިޔަސް ކުރެވިފައި ނުވާ ބޮޑެތި މަސައްކަތްތައް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ކުރިޔަށް އޮތް ތަނުގައިވެސް ފެށިފައިވާ މަޝްރޫއުތައް މުޅިން ނިންމާ އަޅުގަނޑުމެން މި ބިނާކުރާ ދަރިވަރުން ރާއްޖެއަށް ކިޔަވާ ނިމިގެން އެނބުރި އައިސް ވަޒީފާ އަދާކުރާނެ ރަނގަޅު ވަޒީފާތަކެއް އެއާއެކީގައި އުފެއްދުން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ހިލޭ ޑިގްރީއަށް 17،858 ދަރިވަރުން ކިޔަވަމުންދާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ހިލޭ ޑިގްރީއަށް ކިޔަވަމުންދިޔަ 6،540 ކުދިން ކިޔަވައި ނިމިފައިވާ ކަމަށެވެ. އަދި ސްޓޫޑެންޓް ލޯންގައި ރާއްޖެއިން ބޭރުގައި 3،000 އަށްވުރެ ކުދިން ކިޔަވަމުންދާ ކަމަށާއި، އަދި ސްކޮލާޝިޕްގައި 1265 ކުދިން ކިޔަވަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި ކިޔަވައި ނިންމައިގެން ރާއްޖެ އަންނަ ކުދިން ގައުމު އެހެން މަރުހަލާއަކަށް ގެންދިޔުން ކަމަށެވެ. އަދި މިހާތަނަށް 5،700 މީހުންނާއ ކުދިންނަށް ބޭނުންވާ ޓެކްނިކަލް ޓެރެއިނިން ދީގެ ވަޒީފާގެ މާހައުލަށް ނެރެފައިވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *