އިހަވަންދޫ، މާރަންދޫ އަދި ތަކަންދޫގައި ނިމުނު މަޝްރޫއުތައް ރައީސް އިފްތިތާހުކޮށްދެއްވައިފި

F1dvRxQaEAEWinP

ހއ. އިހަވަންދޫއާއި، ހއ. މާރަންދޫއާއި، ހއ. ތަކަންދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ރައީސް ސޯލިހު ވަނީ މިއަދު ހެނދުނު އިހަވަންދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވާފައެވެ. މި ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ފުޓުބޯޅަ ދަނޑެކެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ، މިއަދު ހެނދުނު ހއ. މާރަންދޫއަށް ވަޑައިގެން އެރަށުގެ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވާފައެވެ. މި އޮފީސް ޢިމާރާތަކީ އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް، ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި މާރަންދޫ ފެނަކަ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު، ރައީސް ސޯލިހު ވަނީ، ހއ. ތަކަންދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓުވެސް ހުޅުއްވައި ދެއްވާފައެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *