ރައީސްގެ ވައުދު ވަށަފަރަށް: ގޮނޑުދޮށް ހިމާޔަތްކޮށް، ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް

F1epUJZagAE-x2G

ކުރިޔަށް އޮތް ދައުރުގައި ހއ.ވަށަފަރުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ގޮނޑުދޮށް ހިމާތްކުރުމުގެ އިތުރުން ރަށުގެ ސްކޫލްގައި މަލްޓި ޕާޕަސް ހޯލްއެއް އަޅައިދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ވަށަފަރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވާ ރައީސް ސޯލިހު ވިދާޅުވީ، ވަށަފަރުން މިއަދު ފެނިގެންދިޔައީ ކުރިން ނުފެންނަ މަންޒަރެއް ކަމަށާއި، އެއީ ސަރުކާރުން މުޅި ރާއްޖެ ތަރައްގީ ކުރަން ކުރާ މަސައްކަތުގައި އާބަސް ބުނާ މަންޒަރު ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވަށަފަރުން ތާއީދު ނުލިބޭ ކަމަށާއި، ނަމަވެސް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ވަކި ކުލައަކަށް ނުވަތަ ވަކި ރަށަކަށް ވެގެން ތަފާތު ނުކުރާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ވަށަފަރުގެ އިތުރުން މުޅި ރާއްޖޭގައި ތަފާތު ކުރުމެއް ނެތި ގިނަ މަސައްކަތްތައް ކުރެވުންދާކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މީގެ ކުރިން ވަށަފަރު ރައްޔިތުންނަށް ވެފައިވަނީ ހަމައެކަނި ވައުދެއް. ދުވަހަކުވެސް އަމަލީ ސިފައެއް ނާދޭ، ފާއިތުވި ފަސް އަހަރު މަސައްކަތްތައް ފެންނާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ވަށަފަރުގައި މި ސަރުކާރުން ފެށި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިމި ހިދުމަތް ދޭން ތައްޔާރުވަމުން އަންނައިރު، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، އެޓީއެމްގެ ހިދުމަތް ގާއިމުކުރުން ނިމިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ލަސްތަކެއް ނުވެ ފަށައިގަނެވޭނެ ކަމަށާއި، ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރަންވެސް ޕްލޭންކޮށް އެ މަސައްކަތް ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. 

Leave a Reply

Your email address will not be published. Required fields are marked *