އަމީނީމަގު ސެގްމެންޓް 8 އަދި 9 ގައި ތާރު އަޅަން ތައްޔާރުވަނީ

F1uB7tWaEAIvZdD

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް 8 އަދި 9 ގައި ތާރު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ، އަމީނީ މަގުގެ ސެގްމަންޓް 8 އަދި 9 ގައި ކުރަން ޖެހޭ މައިގަނޑު މަސައްކަތައް ނިމިފައިވާ ކަމަށާއި، މިހާރު ކުރިޔަށްދަނީ ތާރު އެޅުމަށް ވާން ޖެހޭ ތައްޔާރީތައް ކަމަށެވެ.

އަމީނީ މަގު ހެދުމުގެ މަޝްރުއުގައި 13 ސެގްމަންޓް ހިމެނޭއިރު، އޭގެ ތެރެއިން 7 ސެގްމަންޓްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް އާންމުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ. އަދި މަޝްރޫއަށް 84.4 މިލިޔަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *