ބ.ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

F1y3-l_aIAU2tTJ

ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ތުޅާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހުމަދު އާދިލް އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މަޝްރޫއު އިފްތިތާހް ކޮށްދެއްވުމުގެ ގޮތުން އިމާރާތުގެ ފައުންޑޭޝަނަށް ކޮންކްރީޓް އޮއްސަވާލެއްވީ މިނިސްޓަރު ނަސީމް، މެމްބަރު ޙިސާން އަދި އެމްޓީ ސީސީގެ ސީއީއޯ އާޒިމްއެވެ.

އެމްޓީސީސީން ބުނީ، ތުޅާދޫގައި ޢިމާރާތްކުރަން ފެށޭ މި ހޮސްޕިޓަލްއަކީ ރަށުގެ މުޅި އާބާދީއަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި، ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނިމުމުނ،ް ތުޅާދޫ ރައްޔިތުންނެކޭ އެއްފަދައިން ހިތާދޫ ރައްޔިތުންނަށްވެސް އަދި މިރަށާ ކައިރީގައިވާ ގޮއިދުއ،ާ ފުޅަދ،ޫ އަދި ފެހެންދޫގެ ރައްޔިތުންނަށް ވެސް ފައިދާ ވެގެންދާނެ ކަމަށެވެ.

މީގެއިތުރުން ބ.އަތޮޅު ހިމެނޭ ސަރަހައްދުގައި ތަރައްގީ ކުރެވޭ ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް ފައިދާ ކުރާނެ ކަމަށާއި، މި ވޭތުވެދިޔަ އަހަރުތަކުގައި މާބަނޑު އަންހެނުން ވިހެއުމާއ،ި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި އެކްސްރޭ ނެގުންފަދަ ހިދުމަތްތަކަށް ރަށު ރައްޔިތުން ދާންޖެހިފައިއޮތީ އެ އަތޮޅު އޭދަފުއްޓަށް ނޫނީ މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކަމަށެވެ ނަމަވެސް މިއަދު ބިންގާ އެޅިގެން ދިޔަ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނިމުމުން އެ ބުރަ ތުޅާދޫ ރައްޔިތުން ދެން އުފުއްލަން ނުޖެހޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުނ،ް އެކޮމޮޑޭޝަން ބްލޮކަކާއި ސަރވިސް ބްލޮކެއް ހިމެނޭހެން 30 އެންދު އެކުލެވޭ 2 ފަންގިފިލާގެ އިމާރާތެއް ކުރެވިގެންދާނެއެވެ. އަދި މަޝްރޫއަށް 114.50 މިލިއަން ރުފިޔާ ހަރަދުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *