ރާއްޖެ އާއި އިންޑިއާގެ އިމިގްރޭޝަނުން އެމްއޯޔޫއެއްގައި ސޮއިކޮށްފި

F10bPBAaYAA3J7z

ރާއްޖެ އާއި އިންޑިއާއާ ދެމެދު، ދެ ގައުމުގެ އިމިގްރޭޝަންގެ މަސައްކަތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމާ ގުޅޭގޮތުން "އެމްއޯޔޫ އޮން އިމިގްރޭޝަން މެޓަރސް" ގެ އެމްއޯޔޫގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ކުރިޔަށްދިޔަ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިންއެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރއްވީ ޖޮއިންޓް ސެކެޓްރީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އޮފް އިންޑިއާ، ސުމަންތާ ސިންގްއެވެ.

މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އިމިގްރޭޝަން މަސައްކަތްތަކާ ގުޅުން ހުރި މައުލޫމާތު ބަދަލު ކުރުމަށާއި، ބޯޑަރ ކޮންޓްރޯލް މެނޭޖުމަންޓް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިގޮތުން އިމިގްރޭޝަނުން ބުނީ، ހިދުމަތްތަކާއި ގުޅޭގޮތުން އޮފިސަރުން ތަމްރީން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށާއި، އަދި އިންސާނީ ވަގުފާރިއާއި އެހެނިހެން އިމިގްރޭޝަނާ ގުޅުނ ހުރި ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *