ސިފައިންގެ އިސް 4 ޖެނެރަލުންނަށް، ރައީސް މަގާމުގެ ކުރިއެރުން ދެއްވައިފި

F14fCDWaIAENYp4

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ސޯލިހް، ސިފައިންގެ އެންމެ އިސް ހަތަރު ޖެނެރަލުންނަށް މިއަދު މަގާމުގެ ކުރިއެރުން ދެއްވައިފިއެވެ.

މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް އެންމެ ހާއްސަ ބޭފުޅުންނަކީ މޭޖަރ ޖެނެރަލްގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް މިއަދު މަގާމުގެ ކުރިއެރުން ދެއްވި، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލާއި، ބްރިގޭޑިއަރ ޖެނެރަލްގެ މަގާމުން މޭޖަރ ޖެނެރަލްގެ މަގާމަށް، މަގާމުގެ ކުރިއެރުން ދެއްވި ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މީގެ އިތުރުން މޭޖަރ ޖެނެރަލްގެ މަގާމަށް ކުރިއެރުން ދެއްވި ދެބޭފުޅުންނަކީ އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، މޭޖަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް މޭޖަރ ޖެނެރަލް ހާމިދު ޝަފީގެވެ.

މިއަދު ބަންޑާރަކޮށީގައި މިކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިބޭކަލުންނަށް މަޤާމުގެ ރޭންކް، ރައީސް ސޯލިހު  ހަވާލުކޮށްދެއްވާފައިވާއިރު، މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލްއަކީ އަސްކަރީ ތާރީޚުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ. މީގެކުރިން  ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ހަމައެކަނި ބޭފުޅަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ އަބްދުއްސައްތާރެވެ.

Leave a Reply

Your email address will not be published. Required fields are marked *