ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާގެ ތަކެތި ވެރިފަރާތާ ހަވާލުކޮށްފި

1690279460404351_538b5fdc23

މާފަންނު ޕޮލިސް ސްޓޭޝަން އަދި ގަލޮޅު ޕޮލިސް ސްޓޭޝަނަށް ފާއިތުވި ޖޫން މަހު ހުށަހަޅާފައިވާ އެކި މައްސަލަތަކުގައި ހިމެނޭ 3.5 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ހޯދައި އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މާފަންނު ޕޮލިސް ރެސްޕޯންސް އެންޑް ޕެޓްރޯލް އިން 926،160 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާއިރު، އޭގެތެރޭގައި 720،000 ރުފިޔާގެ އަގުކުރެވިފައިވާ މޮޓޯ ސައިކަލު ވަނީ ހޯދާފައިވާ ކަމަށާއި، އަދި 163،429 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާއިން 20،651 ރުފިޔާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 22،080 ރުފިޔާގެ ތަކެތި ވަނީ ހޯދާފައެވެ.

މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން 173،655.77 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާއިރު، އޭގެތެރެއިން މޮޓޯ ސައިކަލުގެ ޖުމްލަ އަގަކީ 30،000 ރުފިޔާއަށް ކަމަށާއި، އަދި މަކަރާއިހީލަތުގެ މައްސަލަތަކާއި އެކްސިޑެންޓްތަކުން ގެއްލުމުގެ ބަދަލުގެގޮތުގައި 103،893.77 ރުފިޔާ ހޯދައިދީފައިވާ ކަމަށެވެ.

މީގެއިތުރުން އިލެކްޓްރޯނިކްސް ސާމާނާއި މޯބައިލް  ފޯނު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި 20،300 ރުފިޔާގެ ތަކެތި ހޯދާފައިވާއިރު، އެހެނިހެން ތަކެތީގެ ގޮތުގައި 19،462 ރުފިޔާގެ ތަކެތި ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މުއްދަތުގައި ގަލޮޅު ޕޮލިސް ރެސްޕޯންސް އެންޑް ޕެޓްރޯލް އިން 251،700 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާއިރު، އޭގެތެރޭގައި 225،000 ރުފިޔާގެ މޮޓޯ ސައިކަލާއި 12،600 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ފުލުހުން ބުނީ، ނަގުދު ފައިސާއިން 1،500 ރުފިޔާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 12،600 ރުފިޔާގެ މުދާ ވަނީ ހޯދިފައި ކަމަށެވެ.

ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން 2،191،586 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 1،198،200 ރުފިޔާގެ އަގުހުރި ސައިކަލު އަދި މަކަރާއިހީލަތުގެ މައްސަލަތަކާއި އެކްސިޑެންޓްތަކުން ގެއްލުމުގެ ބަދަލުގެގޮތުގައި ހޯދައިދީފައިވާ 619،258.03 ރުފިޔާއެވެ. އިލެކްޓްރޯނިކްސް ސާމާނާއި މޯބައިލް ފޯނު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި 308،950 ރުފިޔާގެ ތަކެތި ހޯދާފައިވެއެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 65،177.88 ރުފިޔާގެ ތަކެތި ހޯދާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *