ޔާމީންގެ ދިފާއުގައި ދޮގު ހެކި ދިން މައްސަލަ ދިރާސާކުރަނީ

ކުރީގެ ރައީސް ޔާމީންއާއެކު މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރޭޝް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެކިން ދޮގު ހެކިބަސް ދިން ކަމަށް ކޯޓުން ނިންމުމާއެކު، އެކަން ތަހުގީގު ކުރުމާމެދު ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ކޯޓުން ކުރި ހުކުމްގައި ދޮގު ހެކި ދިން ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމާމެދު މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނުގެ ދިފާއީ ހެކިން ހެކިބަސް ދިނީ އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތު ކުރުމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި އިތުރު މީހަކު ހެކިބަސް ދިނީ އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާ ޔާމީންގެ ގޭގައި ގުނުމަށްފަހު އެ ފައިސާ އެ މައްސަލާގައި ދައުވާލިބުނު ދެ ވަނަ މީހާ ކަމަށްވާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *