އައްޑޫ ސިޓީ ހިތަދޫ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ނައިބްރައީސް ފަށްޓަވައިދެއްވައިފި

F19TO8YaMAE80Rw

އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ނައިބުރައީސް ފައިސަލް ނަސީމް ފަށްޓަވައިދެއްވައިފިއެވެ.

އައްޑޫސިޓީގެ ހިތަދޫގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ދީނީ ކަންކަމަށް ހާއްސަކޮށް ޒުވާނުންގެ މެދުގައި ދީނަށް ލޯބި ޖެއްސުމަށް މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ގުރުއާން މުބާރާތްތަކާއި އިހްޔާ ފޯރަމްތަކާއި ދީނީ ނަޞޭޙަތްތަކާއި އިމާމުން ތަމްރީނު ކުރުމާއި އަދި ޚާއްޞަކޮށް އަތޮޅުތަކަށް އިސްކަންދީގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް މީގެ ކުރިން ނުހިންގޭ މިންވަރަށް މިދިޔަ އަހަރުތަކުގައި ކުރިޔަށް ގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިތަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.

މި އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނަކާ 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމާއި އިދާރީ އޮފީހާއި ލައިބްރަރީވެސް ހިމެނެއެވެ.

ނައިބުރައީސް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *