މި ސަރުކާރުން އިމާރާތްކުރި އައު ތިން ސްކޫލެއްގައި މި ފެށޭ ދިރާސީ އައު އަހަރު ކިޔަވައިދޭން ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކުރިޔަށް އޮތް ދިރާސީ އައު އަހަރު ސީއެޗްއެސްސީ އާއި ދަރުމަވަންތަ އަދި ހުޅުމާލޭ ދެވަނަ ފޭސްގައި އެޅި ސަލާހުއްދީން ސްކޫލްގައި ކިޔަވައިދޭން ފަށާނެ ކަމަށާއި، އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ސީއެޗްއެސްސީގެ އައު އިމާރާތް ހުޅުމާލެ އައުޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކޮށްފައިވާއިރު، އެއީ 8 ފަންގިފިލާގެ އިމާރާތެކެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ގާއިމުކުރި ސަލާހުއްދީން ސްކޫލްގައި 44 ކްލާސްރޫމް ހުރެއެވެ.
ދިރާސީ އައު އަހަރު ފަށާނީ އަންނަ އޯގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ.
Post Views: 69