ހުޅުމާލެއިން 70 ބަނގުރާ ފުޅިއާއެކު 3 މީހަކު ހައްޔަރުކޮށްފި

00_0e8745e814

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 70 ބަނގުރާ ފުޅިއާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގައި ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ނިރޮޅުމަގުން ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައިފާސްކުރި އިރު 70 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ތިން ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އުމުރުން 26 އަހަރާއި، 37 އަހަރު އަދި 41 އަހަރު ތިން މީހުން މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާއިރު، މި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ހަތް ދުވަސް ވަނީ ޖަހައިދީފައެވެ.

މީގެއިތުރުން އަންގާރަ ދުވަހު ހުޅުމާލޭގައި ހިންގި އިތުރު އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު، ހަތް ސެލޯފިންކޮޅު، ފިލްމު ހުސްކުރި ދަޅެއް، ޖުސްޕެޓީ ކޮތަޅެއް އަދި މޯބައިލް ފޯނުތަކެއްގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ދެ މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ ޖުވެނައިލް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައި ކަމަށާއި، އަދި 23 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި ދެ މައްސަލަވެސް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *