އެޗްޕީއޭގެ ލަފާގެ މަތިން މިނިވަން އުފާ ކާނިވާ ހުޅުވުން ފަސްކޮށްފި

WhatsApp Image 2023-07-27 at 15.15.49

މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާތީ، އެޗްޕީއޭގެ ލަފާގެ މަތިން ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ބާއްވަން ހަމަޖެހިފައި އޮތް "މިނިވަން އުފާ ކާނިވަލް" ގެ ހުޅުވުމުގެ ރަސްމިއްޔާތު ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ލަފާގެ މަތީން މިނިވަން އުފާ ކާނިވާ ހުޅުވުން ފަސްކުރެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާތީ ކާނިވާ ހުޅުވުން ފަސް ކުރެވިފައިވާ ކަމަށެވެ. އަދި ކާނިވާ ހުޅުވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެޗްޕީއޭއިން ބުނީ، ރޭއިން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުން މާލެ ސަރަޙައްދުން ކުއްލިއަކަށް ވަނީ އިތުރުވެފައި ކަމަށާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަބަބު ދެނެގަތުމަށް ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އަދި މިކަމާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅުތައް އެ އެޖެންސީން އަންނަނީ އަޅަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *