މާލޭގައި ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާއެއް: އެޗްޕީއޭ

284896_3_0d775fd909b58af92a53dd4f41ba49f2be4e6a88_large

މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ނޯރޯ ވައިރަސްއަކީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަަމަށާއި، ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

މި ބަލިން ރައްކާތެރިވުމަށް ބޭނުންކުރާ ޓިޝޫ/ޕޭޕަރ ޓަވަލް ރައްކާތެރި ގޮތުގައި އުކާލުމަށާއި، އަދި ދިރިއުޅޭތަން ބްލީޗް އަޅާފައި ސާފުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ގިނަ ގިނަ ސައިބޯނި ލައިގެން އަތޮ ދޮވުމަށްވެސް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުމަށާއި، މީހުން ގިނަ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *