އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓަރު ނަމްބަރު ތަރުތީބުކޮށްފި

102856-f ba vj j 8 vk a ydglb

އަންނަ މަހު 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެނޑިޑޭޓް ނަމްބަރު ތަރުތީބުކޮށްފިއެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ރައީސް ސޯލިހު އަދި ރައީސް ނަޝީދު އެކަނިއެވެ.

މިގޮތުން ކެންޑިޑޭޓް ނަމްބަރު ތަރުތީބުކޮށްފައިވާ ގޮތުން ކެންޑިޑޭޓް ނަމްބަރު 1 ލިބިފައި ވަނީ ރައީސް ނަޝީދުއަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު 2 ލިބިފައިވަނީ ރައީސް ސޯލިހުއަށެވެ.

މި އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ސޯލިހު 20،000 މެމްބަރުންގެ ތާއީދު ފޯމާއެކު ހުށަހަޅުއްވާފައިވާއިރު، ރައީސް ނަޝީދު ހުށަހެޅުއްވީ 500 ތާއީދު ފޯމެވެ.

Leave a Reply

Your email address will not be published. Required fields are marked *